ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުގެ މަޝްރޫއުތަކުގައި ދިވެހި ކުންފުނިތަކަށް އިސްކަންދެނީ

މަސީގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސަރުކާރުގެ މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް ލިބެމުންދާ ދިއުމަށް ނިމުން ގެނައުމަށްޓަކައި ގާނޫނާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމުކޮށްގެން ރޭ ހޮޓެލް ޖެންގައި ބޭއްވި "އެމްއެންއޭސީއައި ބިލްޑަ އެވޯޑްސް 2023" ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ސަރުކާރުގެ ބައެއް މަޝްރޫއުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާކުރުން ނިމުމަކަށް ގެނައުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމުގައި ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.


"ގަވާއިދުތަކާއި ގާނޫނަށް ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާންނަން. އެވޯޑްކުރުމުގައި ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަންވެސް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

މަސީގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ ގައުމިއްޔަތު ކުރިއަރުވައި ވާހަކަދެއްކުމަކީ ފަންނުވެރިކަމާ ސިނާއަތްތައްވެސް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި ދިވެހިން އެކަމުގައި ބަސްކިޔާ ގޮތަށް ކަންކަން ބަދަލުވެގެން ދިއުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އިމާރާތްކުރުމުގެ ދާއިރާއަކީ އަންހެން ބޭފުޅުންގެ ބޮޑު އިންސައްތައެއް މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ މަސީއާއި އަދި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތް އަހަރުތަކުގައި މިދާއިރާގައި ދިވެހި ކަނބަލުންނަށް މިހާރަށް ވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ސިޔާސަތުތައް ބައްޓަންކުރުން ކަމަށެވެ.

މީގެ އިތުރުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިންވެސް މިދާއިރާގައި މަސައްކަތްކުރަން ބޭނުންވާ މީހުންނާ ހަމައަށް ވާސިލްވާނެ އަދި ދެވެންހުރި އެންމެ ފަހި ފުރުސަތުތައް އެ އިންޑަސްޓްރީން ލިބިދޭންޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަކީ ހުރިހާ އެންމެންގެ ބައިވެރިވުން އޮންނަ "އިންކްލޫސިވް އިންޑަސްޓްރީ" އަކަށް ވެގެން ދިއުން ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345