ޑރ. މުހައްމަދު މުއިއްޒު

ޔޫއެސްއެއިޑްގެ ވެރިޔަކާ ރައީސް ބައްދަލުކުރައްވައިފި

0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)ގެ އެޑްމިނިސްޓްރޭޓަ ސަމަންތާ ޕަވައާ ބައްދަލުކުރައްވައިފި އެވެ.

ސަމަންތާ ޕަވަ ވަނީ އެމެރިކާ އިން އދ އަށް ކަނޑައަޅާފައިވާ ސަފީރުކަންވެސް ކުރިން ކުރައްވާފަ އެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް މިބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓާ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިއްމު ޕްލޭންތަކަށް ތައުރީފް ކުރައްވާފަ އެވެ. އަދި މިފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫއެސްއެއިޑް އިން ތައްޔާރު ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ޕޭ ޕާލްގެ ހިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަމަންޓް ޕާޓްނަޝިޕް (އޯޕީޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ ތަސައްވަރަށް ވާގިވެރިވެދޭނެ ކަންކަން ކަމަށް ރައީްސް ވަނީ މިބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކުގައި އެކުގައި މަސައްކަތްކޮށް، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345