ޓޫރިޒަމް

އަމަން ގުރޫޕްގެ ފުރަތަމަ ރިސޯޓް ވ. އަތޮޅުގައި

ޓޫރިޒަމް ދާއިރާގައި މުޅި ދުނިޔޭގައިވެސް މަޝްހޫރު އަމަން ރިސޯޓްސްގެ ޓޫރިޒަމް މަޝްރޫއެއް ވ. އަތޮޅުގައި ފަށައިފި އެވެ.

އަމަން ރިސޯޓްސް އިން ބުނީ އެ ކުންފުނީގެ ވިޔަފާރި އިންޑިއާ ކަނޑުގައި ފުޅާކުރުމަށް ގެންގުޅޭ ވިސްނުމުގެ ތެރެއިން ވ. އަތޮޅުގައި މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ތަނުގައި ވިލާތަކާއި މަތީ ފަންތީގެ ރެޒިޑެންސްތައް ހިމެނޭ ގޮތަށް 16 ވައްތަރެއްގެ ތަންތަން ހުންނާނެ ކަމަށްވެސް ބުންޏެވެ. އަމަންގެ މިމަޝްރޫއު ފަރުމާ ކުރުމުގައި އިސްކޮށް މަސައްކަތް ކުރަނީ މަޝްހޫރު ކެރީ ހިލް އާކިޓެކްޓްސް އެވެ.

މިއީ 1988 ވަނަ އަހަރު ވުޖޫދަށް އައި އަމަން ރިސޯޓްސް އިން ރާއްޖޭގައި ރިސޯޓެއް ހަދާ ފުރަތަމަ ފަހަރެވެ.

އަމަން ގުރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ވްލަޑް ޑޮރޮނިން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރަން ނިންމީ މަތީ ފަންތީގެ ހިދުމަތް ފަތުރުވެރިންނަށް ދިނުމަށްޓަކައި ކަމަށެވެ.