ޗެމްޕިއަންސް ލީގް

ލިލް އިން ގަދަފަދަ ރެއާލް މެޑްރިޑް މައިތިރިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލް އާއި ސްޕެއިންގެ ރެއާލް މެޑްރިޑް ވާދަކުރި މެޗުން ލިލް ވަނީ 1-0ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

މި މޮޅާއެކު، ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުމެއް އައިސްފަ އެވެ.

ލިލްގެ ދަނޑުގައި ކުޅުނު މި މެޗުގައި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ލިލްގެ ޖޮނަތަން ޑޭވިޑް ވަނީ އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ.

މެޗުގެ ބާކީ އޮތް ވަގުތުގައި ރެއާލް މެޑްރިޑް ގިނަ ހަމަލާތަކެއް ދިން ނަމަވެސް ލިލްގެ ދިފާއީ ކުޅުންތެރިންގެ ސަބަބުން ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ.

މީގެ ކުރިން 15 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑްގެ މައްޗަށް ހޯދުނު މި ކާމިޔާބަކީ ލިލްއަށް ވަރަށް ބޮޑު ކާމިޔާބެކެވެ.