އިޓަލީގެ ބޭންގަމޯގައި އެޓަލާންޓާ އަދި ރެއާލް ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި، ވާދަވެރި ކުޅުމަކަށްފަހު ރިއާލް މެޑްރިޑް 3-2ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.
މި މެޗުން މޮޅުވުމުން ރެއާލް މެޑްރިޑް ވަނީ ލީގު ބުރުގެ ތާވަލުގެ ކުރިއަށް ޖެހިލާފަ އެވެ. މިއީ އެޓީމަށް ހަމަޖެހިލަން ލިބުނު ފުރުސަތަކަށް ވިޔަސް އެޓީމު މުބާރާތުގައި ކުރިއަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ގިނައެވެ.
ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ބްރާޙިމް ޑިއަޒްގެ އެހީތެރިކަމާ އެކު ކިލިއާން އެމްބާޕޭ އޭޓަލާންޓާ ކޮޅަށް ގޯލުޖެހުމަށްފަހު މެޗުގައި ރެއާލްއަށް ލީޑު ނަގައިދިނެވެ. އެހެންނަމަވެސް މެޗުގެ 36 ވަނަ މިނެޓުގައި އެމްބާޕޭއަށް ސީރިއަސް އަނިޔާއެއް ވެގެން އޭނާ ދަނޑުން ބާލާފައިވެ އެވެ. އަދި އޭނާގެ ބަދަލުގައި އެތީމުން ރޮޑްރީގޯ ކުޅެން އަރުވާފައިވެ އެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމެންދަނިކޮށް ރެއާލްގެ ކުޅުންތެރިޔަކު ކުރި ފައުލަކާއި ގުޅިގެން އޭޓަލާންޓާއަށް ލިބުނު ޕެނަލްޓީއަކުން ޑި ކަޓެލެއާ އެޓީމަށް 1-1 އިން ނަތިޖާ ހަމަހަމަ ކޮށްދިނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ގޮސް 56 ވަނަ މިނެޓުގައި އަނެއްކާވެސް ރިއާލް އިން ލީޑު ނަގާފައިވެ އެވެ. ވިީޝިއަސް ޖޫނިއާގެ ހިއްގައިމު ގޯލަކުން 1-2ގެ ލީޑެއް އެ ޓީމުން ނެގިއެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޖޫޑް ބެލިންހަމް މެޗުގެ 59 ވަނަ މިނެޓުގެ ތެރޭގައި ޖެހި ގޯލަކުން 1-3 އިން ރެއާލްގެ ލީޑު ފުޅާކުރި އެވެ.
މެޗުގެ 65 ވަނަ މިނެޓުގައި އޭޓަލާންޓާ އިން މެޗުގެ ތެރެއަށް އަނބުރާ އައިސް އެޑަމޯލާ ލުކްމަން ވަނީ މުހިއްމު ވަގުތެއްގައި އެޓީމަށް ގޯލުޖަހައިދީ 2-3 އަށް ލީޑު ކުޑަކޮށްފަ އެވެ.
އޭގެފަހުން ފުލުފުލުގައި ރެއާލް ކޮޅަށް ހަމަލާތައް ދީ ރެއާލްއަށް ހިންދެމިލާނެ ފުރުސަތު ވެސް ނުދެ އެވެ. އެހެންނަމަވެސް ނަސީބު ނެތުމުން މެޗު ނިމުނުއިރުވެސް އެޓީމަށް އިތުރު ގޯލެއް ޖެހޭގޮތް ނުވެ މެޗު ނިމުނީ 2-3 އިން ރެއާލް ކުރީގައި އޮވެގެންނެވެ.
މި މޮޅާ އެކު، ރެއާލް ވަނީ ހަ މެޗުން ނުވަ ޕޮއިންޓާ އެކު 18 ވަނަ އަށް ޖެހިލާފަ އެވެ.