ހޮލީވުޑް

މިލީ ބޮބީ ބްރައުންގެ ކައިވެނީގެ ފޮޓޯތައް ދައްކާލައިފި

މިލީ ބޮބީ ބްރައުންއާއި ޖޭކް ބޮންޖިއޯވީ ކައިވެނީގެ ހަފްލާ
0%
0%
0%

ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މިލީ ބޮބީ ބްރައުން ކައިވެނި ކުރި ދުވަހުގެ ފޮޓޯތައް ދައްކާލައިފި އެވެ.

ސްޓްރޭންޖާ ތިންގްސް ސީރީޒް އިން މަޝްހޫރުކަން ލިބުނު މިލީއާއި އޭނާގެ ފިރިމީހާ ޖޭކް ބޮޮންޖިއޯވީ ކައިވެނި ކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ޖޭކް އަކީ ވެސް ހޮލީވުޑްގެ އެކްޓަރެކެވެ.

ދެ މީހުން އިޓަލީގައި ކުރި ކައިވެންޏަށްފަހު ނެގި ފޮޓޯތައް އިއްޔެ ވަނީ ފޭނުންނަށް ދައްކާލާފަ އެވެ.

މިލީ ބޮބީ ބްރައުންއާއި ޖޭކް ބޮންޖިއޯވީ ކައިވެނީގެ ހަފްލާގައި

ފޮޓޯތަކުގައި ރީތި ހުދު ހެދުމެއްގައި މިލީ ފެނިގެންދެ އެވެ. އަދި ހުދު ސޫޓެއް ލައިގެން ހުރި ޖޭކްގެ އަތުގައި ހިފައިގެން ހުރި ފޮޓޯތަކެއްވެސް ވަނީ ހިއްސާކޮށްފަ އެވެ.

ފޮޓޯތަކުގެ ކެޕްޝަނުގައި މިލީ ވަނީ ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ ލަވައަކާ ގުޅުވާލައިގެން "އަބަދަށްޓަކައި އަބަދުވެސް ތިބާގެ އަންހެނުން،" ގޮތުގައި ހުންނާނެ ކަމަށް ލިޔެފަ އެވެ.

ދެމަފިރިން ކައިވެނީގެ ހަފްލާ ބޭއްވީ މިދިޔަ މެއިި މަހުގެ ތެރޭގައި ހަމައެކަނި ގާތް ރައްޓެހިންނާއި އާއިލާގެ މެމްބަރުންނާ އެކު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910