ދިރާގު

ކޮންމެ ދުވަހަކު އައިފޯން 16އެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ ދުވަހަކު އައިފޯން 16 އެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދެ ހަފްތާއަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ދިރާގުން މިހާރު ފަށާފައިވާ ބޮޑު ޕްރޮމޯޝަން -- "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަން އިތުރަށް ފުރިހަމަ ކުރުމަށް ސްޕީޑްބޯޓް ޕްރޮމޯޝަނަށް އެންރޯލް ކުރާ ކަސްޓަމަރުންގެ މެދުގައެވެ.

މިއަހަރުގެ ނިޔަލަށް ދިރާގުން ކުރިއަށް ގެންދާ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިޔަކަށް ދިނުމަށް ހަމަޖައްސާފައިވަނީ އަލްޝާލީ މެރިން މޯލްޑިވްސްގެ "މެޖެލަން 32" ސްޕީޑް ބޯޓެކެވެ. ސްޕީޑް ބޯޓާ އެކު ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެލިއާއިން ވިއްކާ 175 ހޯސްޕަވަރުގެ ދެ އިންޖީނުވެސް ލިބޭނެ އެވެ.

ދިރާގުން ބުނީ ސްޕީޑްބޯޓް ޕްރޮމޯޝަނަށް މިއަދު އެންރޯލްކުރާ ކަސްޓަމަރުންނާއި މީގެކުރިން އެންރޯލް ކޮށްފައިވާ ކަސްޓަމަރުންނަށް ލަކީ ޑްރޯ ކާމިޔާބުކުރުމުގެ ދެ ގުނަ ފުރުސަތު ބޮޑު ވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ކޮންޓެސްޓުގެ ދަށުން ދިރާގުން ކުރާ ޕޯސްޓަކަށް ހަތް ރައްޓެހިން ޓެގުކޮށްގެން "މެޖެލަން 32" ގައި އެއް ދުވަހުގެ ދަތުރެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.

އެ ކޮންޓެސްޓް ކާމިޔާބުކުރާ މީހަކަށް "މެޖެލަން 32" ގައި ހަތް މީހުންގެ ޓީމަކާއެކު މަސް ދަތުރަކަށް ދިޔުމުގެ އިތުރުން ފިނޮޅަކަށް ގޮސް ބާބެކިއު ހަދައި މަޖާ ކޮށްލަން ފުރުސަތު ދިނުމަށްވެސް ދިރާގުން ވަނީ ނިންމާފަ އެވެ.

ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ދިރާގުން ބުނީ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ ގޭމާސް ގިލްޑް (ޑީޖީޖީ)ގައި ރަޖިސްޓާ ކޮށްގެން ގޭމަރުން މެދުގައި ނެގޭ ލަކީ ޑްރޯއަކުން ހައި އެންޑް ގޭމިން ޕީސީއެއް ސީޕީޔޫ އާއި މައުސްއެއްގެ އިތުރުން މޮނިޓަރާއެކު ދޭނެ ކަމަށެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް 350 ރުފިޔާ އަށް ވުރެ މަތިން ނަގާފައި ތިބި ކަސްޓަމަރުންނަށް ސްކްރެޗް އެންޑް ވިން ޕްރޮމޯޝަންގެ ދަށުން ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު، ޕޯސްޓްޕެއިޑް 750 ރުފިޔާ އަށް ވުރެ މަތިން އަދި ފައިބާ 30އެމް އަށްވުރެ މަތީގެ ކަސްޓަމަރުންނަށް ހިލޭ ސޮނީލިވް ޕެކޭޖް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.