މޫސުން

ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް

ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފަ އެވެ.

އެ ގޮތުން އެ ސަރަހައްދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފަތިހު ނެރުނު އެލާޓްގެ ވަގުތު ހަމަވުމުން މިހާރު ވަނީ އެލާޓްގެ ވަގުތު މިއަދު މެންދުރު 12:30 އާ ހަމައަށް އިތުރުކޮށްފަ އެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.