މިނިސްޓަރު އިބްރާހީމް ފައިސަލް

އަޅުގަނޑުގެ އަމިއްލަ ގޯއްޗެއް ފްލެޓެއް ނޯންނާނެ: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް -- ފޮޓޯ: އަވަސް
0%
0%
0%

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މާލެއިން ބިމެއް ބައްލަވައި ގެންނެވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ޕާޓީ -- ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ޔާމީންގެ ގޭގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ މިސަރުކާރުގެ ވެރިންނަށް ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ފައިސަލް މާލެއިން ބިމެއް ބައްލަވައިގަނެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގެ އިސްވެރިން ގެންދަވަނީ ކޮރަޕްޝަނުގެ ތެރެއިން ގިނަ އަދަދަކަށް ފައިސާ ހޯއްދަވަމުން ކަމަށާއި އަދި އެފަދަ ފައިސާ ބޭނުންކުރައްވައިގެން ބިންތަކާއި އެޕާޓްމަންޓްތަކާއި އެފަދަ އަގު ބޮޑު މުދާ ބައްލަވައިގަންނަވަމުންނެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މާލެއިން ބިމެއް ގަތްކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކައަކީ ކަނޑައެޅިގެން "ރޯ ބުހުތާނު ދޮގު" ވާހަކައެއް ކަމަށެވެ. އެހެންވެ އެފަދަ ދޮގު ވާހަކަތައް ނުދެއްކެވުމަށް ވެސް ފައިސަލް ވަނީ އެދިވަޑައިގެންފަ އެވެ.

"ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީނަށް މިފުރުސަތުގައި ނަސޭހަތްތެރިވަމެވެ.،" ފައިސަލް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910