ދުނިޔެ

ލުބްނާނަށް ދިން ހަމާއާ ގުޅިގެން އެމިރޭޓްސް ފްލައިޓްތަކުން ޕޭޖަރު މަނާކޮށްފި

ލުބްނާން ހަމަލާއާ ގުޅިގެން އެމިރޭޓްސް ފްލައިޓްތަކަށް ޕޭޖަރާއި ވޯކީޓޯކީ އެރުވުން ވަނީ މަނާކޮށްފައި
0%
0%
0%

އިޒުރޭލުން ލުބްނާނަށް ދިން ޕޭޖަރު ހަމަލާތަކާ ގުޅިގެން އެމިރޭޓްސް ފްލައިޓްތަކަށް ޕޭޖަރާއި ވޯކީޓޯކީ އެރުވުން މަނާކޮށްފި އެވެ.

އެމިރޭޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ދަތުރުވެރިއެއްގެ އަތުން ޕޭޖަރެއް ނުވަތަ ވޯކީޓޯކީއެއް ފެނިއްޖެ ނަމަ ދުބާއީ ފުލުހުން ހިފަހައްޓާނެ އެވެ. އަދި މިފަދަ އާލާތެއް އޮތްތޯ ބެލުމަށް ކަސްޓަމްސްއިން ވަރަށް ބޮޑަށް ބަލައި ސްކޭންކުރާނެ ކަމަށްވެސް ބުންޏެވެ.

އިޒުރޭލުން މިދާކަށް ދުވަހު -- ސެޕްޓެމްބަރު 17-18 ގައި ލުބްނާނަށް ދިން ޕޭޖަރު ހަމަލާތަކުގައި 40 މީހަކު ވަނީ މަރުވެފަ އެވެ. ސެޕްޓެމްބަރު 17 ވަނަ ދުވަހު ޕޭޖަރުތައް ގޮއްވާލުމަށްފަހު 18 ވަނަ ދުވަހު ވަނީ ވޯކީޓޯކީތަކެއްވެސް ގޮއްވާލާފަަ އެވެ.

ލުބްނާންގެ އިދާރާތަކުން ބުނި ގޮތުން މި ދެ ހަމަލާގައި 3،500 އަށް ވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބި ވަނީ ގައިން ލޭކޮށައިގެން ގޮސްފަ އެވެ.

އެމިރޭޓްސްގެ އެއްވެސް ފްލައިޓަކަށް -- އެއީ ދުބާއީއަށް އަންނަ ފްލައިޓެއް ނުވަތަ ފުރާ ފްލައިޓެއް ނަމަވެސް ޕޭޖަރާއި ވޯކީޓޯކީ އެރުވުން މަނާކަމަށް އެ އެއާލައިނުން ބުނެ އެވެ.

އެމިރޭޓްސްއިން އަދި ބުނީ އެފަދަ އާލާތްތައް އުފުލުމަށް ހާއްސަ މިންގަޑުތަކެއް ކަނޑައަޅާނެ ކަމަށެވެ. އެއްވެސް ހާލެއްގައި ދަތުރުވެރިން -- ޕަސެންޖަރުން ދަތުރުކުރާ ފްލައިޓަކަށް ޕޭޖަރާއި ވޯކީޓޯކީ ނޭރުވޭނެ ކަމަށްވެސް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕޭޖަރުތައް ގޮއްވާލުމަށް އިޒުރޭލުން އެތައް އަހަރެއް ވަންދެން ވަނީ ދިރާސާކޮށްފަ އެވެ. މި އާލާތްތައް ގޮއްވާލުމަށް -- ގޮވާތަކެތި ބޭނުންކުރި ކަމަށްވެސް ބައެއް ހަބަރުތައް ބުނެ އެވެ.

އިޒުރޭލުން ޕޭޖަރުތައް ގޮއްވާލި ސަބަބަކީ އެއީ ހިޒްބުﷲގެ ހަނގުރާމަވެރިން މުއާސަލާތުު ކުރަން އާންމުކޮށް ބޭނުންކުރާ އާލާތަކަށް ވާތީ އެވެ. ޕޭޖަރުތައް ގޮއްވާލުމުން، ޔަހޫދީން އުއްމީދުކުރި ގޮތަށް ހިޒްބުﷲއަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނެ އެވެ.

ހަބަރުތައް ބުނާ ގޮތުން މިކަހަލަ ގޮތަކަށް ހަމަލާއެއް އަމާޒުވެދާނެ ކަމަށް ހިޒްބުﷲއިން ދުވަހަކުވެސް ނުވިސްނަ އެވެ. މިހެން ކަން އޮތުމުން މި ހަމަލާއާ ގުޅިގެން އެ ޖަމާއަތަށް ވަަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށްވެ އެވެ.

ހިޒްބުﷲއަށް ހަމަލާދިނުމުގައި މޮސާދުގެ ޖާސޫންސުން ކާމިޔާބު ހޯދައި އެ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910