ދުނިޔެ

އިޒުރޭލު ސިފައިން ލުބްނާންގައި މުއްދަތެއް ނެތި ތިބޭނެ: އިޒުރޭލު

އިޒުރޭުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޒް -- އިޒުރޭލު ސިފައިން ލުބްނާންގައި މުއްދަތެއް ނެތި ތިބޭނެ ކަމަށް ވިދާޅުވި
0%
0%
0%

އިޒުރޭލު ސިފައިން ދެކުނު ލުބްނާންގެ ފަސް ސަރަހައްދެއްގައި، ވަކި މުއްދަތެއް ނެތި ދެމިތިބޭނެ ކަމަށް އިޒުރޭުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޒް ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ދުނިޔޭގެ އެއްވެސް ބާރަކަށް އިޒުރޭލު ސިފައިން ކަންކުރަން ޖެހޭ ގޮތް ކިޔައި ނުދެވޭނެ ކަމަށެވެ.

ލުބްނާންގެ ވަކި ސަރަހައްދުތަކެއްގައި އިޒުރޭލު ސިފައިން ތިބެން ޖެހެނީ އެއީ އިޒުރޭލުގެ ގައުމީ ސަލާމަތާ ގުޅިފައި އޮތް ކަމަކަށް ވާތީ ކަމަށް ކަޒް ވިދާޅުވި އެވެ. ލުބްނާން މުޅިން އަމާންވުމަށް ދާންދެން އެ ސަރަހައްދުތައް ދޫކޮށްނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޒް ވިދާޅުވި ގޮތުން ބަފާޒޯންގެ ގޮތުގައި ކަނޑައަޅާފައި އޮތް ސަރަހައްދުގައި ވެސް އިޒުރޭލު ސިފައިން ތިބޭނެ އެވެ. އެއީ ޔަހޫދީ އާބާދީތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒުރޭލު ސިފައިން މިހާރު ތިބި ތަންތަނުގައި ތިބުމަށް އެއްވެސް ބަޔަކާ މަޝްވަރާ ނުކުރައްވާނެ ކަމަށް ކަޒް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ލުބްނާން ސަރުކާރުގެ މަޝްވަރާ މިކަމަށް ބޭނުންނުވާ ކަމަށެވެ.

ލުބްނާންގައި މިހާރު ތިބި ޔަހޫދީ ފައުޖުތައް، ހަތިޔާރާ އެކު ގާއިމުވެ ތިބުމަށް އިޒުރޭލުގެ ދިފާއީ ވުޒާރާއިން ވަނީ އަންގާފަ އެވެ. އަދި ދިގު މުއްދަތަކަށް ޑިއުޓީގައި ތިބެން ޖެހިދާނެ ކަމަށްވެސް ވަނީ ފައުޖުތަކަށް އަންގާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ މަދަދާ އެކު ދެކުނު ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ވަނީ ވަރަށް ބޮޑަށް ބަލިކޮށްފަ އެވެ. ވަގުތާ ގުޅިގެން ހިޒްބުﷲގެ ހަނގުރާމަވެރިން ދެކުނު ލުބްނާންގައި ހަރަކަތްތެރިވުން ހުއްޓުވުމަކީ ވެސް އިޒުރޭލުގެ ވިސްނުމެކެވެ.

އެމެރިކާ އަޑީގައި އޮވެގެން ލުބްނާންގެ ސިޔާސީ މަސްރަހުން ހިޒްބުﷲ ބާކީކުރުމަކީ ވެސް ގުޅިގެން ހިންގާ އެޖެންޑާއެކެވެ. ލުބްނާންގެ ސިޔާސީ ބާރުތަކުން އީޜާން ބޭރުކުރުމަކީ ވެސް މި އެޖެންޑާގެ އައިޓަމެކެވެ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910