އަލަށް ދިރާގުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. ދިރާގުން ބުނީ މިހާރު ދިރާގާއި އަލަށް ގުޅޭ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަކި މުއްދަކަށް ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ.
އެގޮތުން މިހާރު އަލަށް ދިރާގު ޕޯސްޕެއިޑް ނަގާ ފަރާތްތަކަށް އެފަރާތަކުން ނަގާ ޕެކޭޖަކާއި ގުޅުވައިގެން ފަސް ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބޭނެ ކަމަށާއި އަލަށް ޕްރީޕެއިޑެއް ނަންގަވާ ފަރާތަކަށް ހަ މަސް ދުވަސް ވަންދެން މަހަކު 300 އެމްބީ ފުރީކޮށް ލިބޭނެ ކަމަށެވެ.
ދިރާގުން މިހާރު ދަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަން ކުރިއަށް ގެންދަމުންނެވެ. އެގޮތުން ސެމްސަންގް އެސް ސެވަން އަދި ސެވަން އެޖް އިންސްޓޯލް މަންޓަށް ގަންނަށް ބޭނުންވާ ފަރާތްތަކަށް ފޯނަށް އޮޑަރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.