އިރްތިޝާމް އާދަމް

އަންހެނުން މަދު ދާއިރާތަކުން އެމީހުނަށް ފުރުސަތު ދޭންޖެހޭ: އިރުތިޝާމް

ރާއްޖޭގައި އަންހެނުންގެ ހިއްސާ މަދު މަދު ދާއިރާތަކުގައި ހުރި މަގާމުތަކުން އަންހެނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

އަންހެނުންނަށް ހާއްސަކޮށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ގިނަ މަޝްވަރާތަކާއި ބަހުސްތަކާއެކު ޖެންޑާ އީކުއަލިޓީ ބިލެއް ފާސްކުރަން މަޖިލީހުން މަސައްކަތް ކުރަމުން އަންނަ އިރު އަންހެނުންނަށް މައްސަލަތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ދުވަހެއް ފާހަގަ ކުރާ އިރު ވިސްނަން ޖެހެނީ އަންހެނުން ހަމަހަމަ ފުރުސަތު ތަކެއް ފަހި ކޮށްދިނުމަށް ކަމަށާއި އާއިލާއާއަށާއި މަސައްކަތުގައި ބުރަ މަސައްކަތްތަކެއް ކުރާ އަންހެނުންނަށް ދައުލަތުގެ ކުންފުނިތަކުން ވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

"އަންހެންނުންނަށް ވެސް ޖެންޑާ ބެލެންސެއް ނެތް މަގާމްތަކާއި ދާއިރާތަކުން އެ ފުރުސަތު ހޯދައިދޭން ޖެހޭ ކަން އަޅުގަނޑު ފާހަގަކޮށްލަން،" އިރުތިޝާމް ވިދާޅުވި އެވެ.