މޯލްޑިވްސް ކަސްޓަމްސް ސާވިސް

ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް
0%
0%
0%

ރާއްޖެ އެތެރެކުރަން އުޅުނު ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކުރި ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 3.48 ކިލޯ ހުއްޓެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2،440 ގްރާމް ކޮކެއިން އާއި 1،040 ގްރާމް ހެރޮއިން އެވެ.

އަތުލައިގަތް ކޮކެއިންގެ މަގުމަތީ އަގު 6.1 މިލިއަން ރުފިޔާއަށް އަދި ހެރޮއިންގެ އަގު އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި ކޮކެއިން އަތުލައިގަތީ މިމަހުގެ ފަސް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ. އަދި ހެރޮއިން އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިމަހުގެ ހަތްވަނަ ދުވަހު އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910