އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ޖެނީވާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖެނީވާއަށް ރޭ ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި މިއީ އިންޓަ-ޕާލިމެންޓް ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އައިޕީޔޫ އެސެމްބްލީގެ މި ފަހަރުގެ މައުލޫއަކީ ސުލުހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުމެވެ.

އައިޕީޔޫގެ 149 ވަނަ އެސެމްބްލީ ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަބްދުއްރަހީމްގެ އަރިހުގައި މި ދަތުރުގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ފުވައްމުލަކު މެދު ދާއިރާ އަލީ ފަޒާދު އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެ ވަޑައިގަންނަވަ އެވެ.