ޔޫއެފާ ނޭޝަން ލީގް

ނޭޝަންސް ލީގުގެ ގްރޫޕްގެ އެއްވަނައަށް ސްޕެއިން

ސްޕޭން އަދި ޑެންމާކް ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގެ ތެރެއިން
0%
0%
0%

ރޭ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި ސްޕެއިން އިން ޑެންމާކާ ދެކޮޅަށް 1-0ގެ ނަތީޖާއަކުން މޮޅުވެ، ގްރޫޕް ހަތަރެއްގެ އެއްވަނަ މަގާމު ހޯދައިފި އެވެ.

މި ކާމިޔާބީއާއެކު ސްޕެއިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދާފަ އެވެ.

މެޗުގެ ހަމައެކަނި ލަނޑު 79 ވަނަ މިނެޓުގައި ޖެހީ މާޓިން ޒުބިމެންޑީ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖެހި ފުރަތަމަ ލަނޑެވެ.

މުހިންމު މި މެޗުގެ ކުރިން ދަނޑުގައި ހާއްސަ ޖަލްސާއެއްވެސް ބޭއްވި އެވެ. މި ޖަލްސާގައި ސްޕެއިން އިން އެންމެ ފަހުން ކާމިޔާބުކުރި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސަޕޯޓަރުންނަށް ދައްކާލެވުނެވެ. މިއީ އެ މުބާރާތުގެ ފައިނަލަށްފަހު ސްޕެއިން އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ މެޗެވެ.

މިހާރު ގްރޫޕްގެ ދެވަނައިގައި އޮތް ޑެންމާކަށް ތިން މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. ސާބިޔާ ވަނީ ހަތަރު ޕޮއިންޓް ހޯދާފަ އެވެ. ސްވިޒަލޭންޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކުރިއަށް އޮތް އަންގާރަ ދުވަހު ސްޕެއިން އިން އަމިއްލަ ގައުމުގައި ކުޅޭނީ ސާބިޔާއާ ދެކޮޅަށެވެ. ސާބިޔާ ވަނީ އިއްޔެ ކުޅުނު މެޗުގައި ސްވިޒަލޭންޑް އަތުން 2-0 އިން މޮޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910