އިޒުރޭލުގެ އުތުރުގައި ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކެއްގައި އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ޗީފް އޮފް ސްޓާފް މަރުވެއްޖެ ކަމަށް ބުނެ ހިޒްބުﷲއިން ދޭ މައުލޫމާތުގެ މައްޗަށް ބުރަވެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފި އެވެ.
މިއީ އިޒުރޭލު އަސްކަރިއްޔާގެ އެންމެ އިސް އެއް މަގާމެވެ. އަދި މި ހަމަލާގައި ގިނަ އަދަދެއްގެ ސިފައިން މަރުވެ، 70 އާ ގާތްކުރާ އަދަދެއްގެ ސިފައިން ޒަހަމްވެފައިވާ ކަމަށްވެސް ބުނެވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގަ މި ހަމަލާ ދިނީ އިޒުރާއީލު ސިފައިން ކެއުމަށް ބޭނުންކުރާ ހޯލެއްގައި ސިފައިން ކާން ތިއްބަ އެވެ.
ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ ވަރަށް ޒަމާނީ ޑްރޯނެއް ކަމަށް ބެލެވެ އެވެ. މިއީ އިޒުރޭލު ސިފައިންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބެލެވޭއިރު މި ހަމަލާގެ ސަބަބުން އެ ސަރަޙައްދުގެ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދިރާސާ ކުރާ މީހުން ބުނެ އެވެ.
އިޒުރޭލުން މިހާތަނަށް މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް އުތުރު އިޒުރޭލުގެ ބިންޔަމީނާ ސަރަޙައްދުގައި ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
މި ވަގުތު 50 އަށް ވުރެ ގިނަ އެމްބިއުލާންސް އަދި މެޑިކަލް ހެލިކޮޕްޓަރުތައް ޒަހަމްވި މީހުން އުފުލުމުގެ މަސައްކަތުގައި އުޅޭކަން ފާހަގަކުރެވެ އެވެ. މި ހާދިސާއާ ގުޅިގެން އިޒުރޭލުގެ ސަލާމަތީ ބާރުތައް ވަނީ އެންމެ މަތީ ދަރަޖައިގެ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފަ އެވެ.
މި ހަމަލާއަކީ ފާއިތުވި ދުވަސްތަކުގައި އިޒުރޭލާއި ހިޒްބުﷲއާ ދެމެދު އިތުރުވަމުން އައި ގެރިއްލާ ހަނގުރާމައިގެ ބައެއް ކަމަށް ބެލެވެ އެވެ. މިފަދަ ވަރުގަދަ ހަމަލާއަކަށްފަހު އިޒުރޭލުން ހިޒްބުﷲއަށް ހަމަލާދޭނެ ގޮތަކާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.