ރައްޔިތުންގެ މަޖިލިސް

ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން އިސްލާހެއް

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.

ޓީޖީއެސްޓީ މިހާރު ނަގަނީ 16 ޕަސެންޓްގަ އެވެ.

އިސްލާހުގައިވާ ގޮތުން އެ ރޭޓްގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރަން އިސްލާހުގައި ހިމަނާފައިވެ އެވެ.

މި އިސްލާހާއެކު ދައުލަތަށް އިތުރަށް 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރީ ޖެނުއަރީ 1، 2023 އިން ފެށިގެންނެވެ.