ދުނިޔެ

މިޔަންމާގައި އާ ރައީސަކު އިންތިހާބުކޮށްފި

އެތައް އަހަރުތަކެއްވި މިލިޓަރީ ވެރިކަމަށްފަހު މިޔަންމާގެ ރައީސް ކަމަށް ޓިން ކައިޔޯ އިންތިހާބު ކޮށްފިއެވެ. މިއީ މިޔަންމާ 53 އަހަރު މިިލިޓަރީ ވެރިކަން ކުރުމަށްފަހު އައްޔަނު ކުރި ފުރަތަމަ ޑިމޮކްރެޓިކް ރައީސެވެ.

ޑިމޮކްރެޓިކް ލީޑަރު އަންގް ސަން ސޫ ޗީ ގެ ޕާޓީއިން ވެރިކަން ހަވާލު ކުރި ޓިން ކައިޔޯ އަކީ 1962 ގައި ހިނގި ބަޣާވާތަކަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މިލިޓަރީ ނޫން ހަމައެކަނި ލީޑަރެވެ. އަދި ޓިން ކައިޔޯއަކީ އަންގް ސަން ސޫ ޗީގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ އިތުރުން އެޑްވައިޒަރެއްވެސް މެއެވެ.

ޓިން ކައިޔޯއަށް ރައީސްގެ މަގާމަށް ވަޑައިގެންނެވި ނަމަވެސް، އަން ސަން ސޫ ޗީ ވިދާޅުވެފައިވަނީ ސަރުކާރު ހިންގަމުން ދާނީ އެކަމަނާ ކަމަށެވެ. އަންގް ސަން ސޫ ޗީ އަށް ގާނޫނީ ގޮތުން ވެރިކަމަށް ނާދެވުނީ، އެކަމަނާފާނު ބިދޭސީއަކާއި ކައިވެނި ބައްލަވައިގެން އުޅުއްވާތީ އެވެ.

އަންގް ސުން ޗީ ގާނޫނީ ގޮތުން ރައީސް ކަން ނުވަތަ ވެރިކަން ނުކުރެއްވޭ ނަމަވެސް، އެ ކަމަނާ ވިދާޅުވެފައިވަނީ ރައީސް ކަމަށް ވަރު މަތީ މަގާމެއްގެ ޒިންމާތައް އުފުލާނެ ކަމަށެވެ.

ޓިން ކައިޔޯ ވެރިކަމާއި ހަވާލު ވާން ފާސްވީ މަޖިލީހުގެ 360 ވޯޓުންނެވެ. އެއީ މުޅި އެކު 652 މެމްބަރުންގެ މަޖިލީހަކުންނެވެ.