ދިރާގު

ދިރާގު ރޯޑް ރޭސްގެ ބިބްއާއި ރޭސް ކިޓް ދޫކުރަން ފަށައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ފަށައިފި އެވެ.

ދިރާގުން ބުނީ މިއަހަރު ބާއްވާ ރޯޑް ރޭސްގެ ބިބް އެކްސްޕޯ މިމަހު 17 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމުކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުގައި ކުރިއަށްދާ ކަމަށެވެ.

އެ ސެންޓަރުން ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލުކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

ސެންޓަރު ހުޅުވާފައި ހުުންނާނީ 22 ވަނަ ދުވަހާ ހަމައަށް މެންދުރުފަހު 2:00 އިން ހަވީރު 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ދިރާގުން ބުނީ ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށާއި ވެރިފައިކުރުމުގެ ގޮތުން ރޭސް ކިޓް ބަލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. އެގޮތުން މިއަހަރު މި ފާހަގަކުރާ މި ރޭހުގެ 15 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކް ގައެވެ.

މިއަހަރުގެ ދުވުމުގައި 4،400 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފަ އެވެ.