އެޗްޑީސީ

އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެދިއްޖެ

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ވިޔަފާރިތަކުން ދައްކަންޖެހި ނުދައްކާ ހުރި އެންމެހައި ފައިސާ އަންނަ މަހުގެ ނިޔަލަށް ދެއްކުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

އެޗްޑީސީ އިން ބުނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، އެ ކުންފުންޏަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާތައް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ކުންފުނިން ވިޔަފާރި އުސޫލުން ދޭ ހިދުމަތްތަކަށާއި ދޫކޮށްފައިވާ ތަންތަނަށާއި ތަރައްގީކުރަމުންދާ ތަންތަނަށް ފައިސާ ދައްކަންޖެހި ނުދައްކާ ހުރި ފަރާތްތަކުން، 30 ނޮވެމްބަރުގެ ނިޔަލަށް ފައިސާ ދައްކާ ހަލާސްކުރުމަށް އެޗްޑީސީ އިން ވަނީ އެދިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މިފަދަ ކަންކަމުގައި އެޗްޑީސީއަށް ވިޔަފާރިތަކުން ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެ ކުންފުނިން ވަނީ ޝުކުރުވެސް އަދާކޮށްފަ އެވެ.