ބޭންކް އޮފް މޯލްޑިވްސް

ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަން ނިންމައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަން ނިންމައިފި އެވެ.

ބީއެމްއެލްގެ ބޯޑުން މިއަދު ނިންމި މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްއަށް ޑޮލަރު ލިބުމުގައި އަދިވެސް ދަތިތައް އެބަހުރި ކަމަށެވެ. އެކަމަކު ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓް މަތިކުރަން ނިންމީ ކިޔަވާ ކުދިންގެ ބޭނުންތައް ފުއްދާ ދިނުމަށް ބީއެމްއެލް އިސްކަންދޭތީ ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ ޑޮލަރުގެ މައްސަލައަށް ހައްލު ހޯދޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށެވެ. އެކަމުގައި އަޅަމުންދާ ފިޔަވަޅުތައް އަންގަމުން ގެންދާނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަން ސަރުކާރުން ނިންމާފައި އޮތީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް އެ ނިންމުމަށް މިހާތަނަށް އޮތީ އަމަލުނުކޮށެވެ.