ދުނިޔެ

ތުރުކީގެ އޭރޯސްޕޭސް އިންޑަސްޓްރީއަށް ޓެރަރިސްޓް ހަމަލާއެއް

ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީގެ އިދާރާއަށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ސަރަހައްދުގައި ސިފައިން އަމަން ބަލަހައްޓަނީ
0%
0%
0%

ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީގެ އިދާރާއަށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި ހަތަރު މީހަކު މަރުވެ، 14 މީހަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ދާޚިލީ ވަޒީރު އަލީ ޔެލިކަޔާ ވިދާޅުވެއްޖެ އެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި ވަރަށް ހާލުދެރަ ތިން މީހަކު އޮތް ކަމަށް ވަޒީރު ވިދާޅުވި އެވެ.

އަލީ ޔެލިކަޔާ ވިދާޅުވި ގޮތުގައި ތުރުކީގެ ދިފާއީ ބާރުތަކުން ޓެރަރިސްޓުންގެ ދެ މީހަކު ވަނީ މަރާލާފަ އެވެ. އަދި އެއީ ކޮން ބައެއްތޯ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން ޓެރަރިސްޓުން އޭރޯ ސްޕޭސް އިދާރާ ދޮށަށް ދިޔައީ ޓޭކްސީއެއްގަ އެވެ. އަދި އެ މަރުކަޒަށް ވަންނަން އުޅެފައި އެ ތަނުން އެކަކު އަމިއްލައަށް ގޮއްވާލީ އެވެ.

ސީސީޓީވީ ވީޑިއޯތަކުން ފެންނަ ގޮތުގައި ޓެރަރިސްޓުންގެ ބަޔަކު އެ ހިސާބަށް ގޮސް އާންމުންނަށް ބިރުދައްކައި ބަޑިޖަހަން ފެށީ އެވެ.

ތުރުކީގެ އޭރޯސްޕޭސް އިންޑަސްޓްރީއަށް ޓެރަރިސްޓް ހަމަލާއެއް ދިންއިރު ރައީސް އުރުދުޣާން ހުންނެވީ ރަޝިއާގައި -- ކަޒާންގައި އޮންނަ ބްރިކްސް ސަމިޓަށް ވަޑައިގެންނެވެ.

މިއީ ކޮން ބަޔަކު ދިން ހަމަލާއެއްކަން އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް، ޕީކޭކޭ ޓެރަރިސްޓުން މީގެ ކުރިންވެސް ވަނީ ތުރުކީގެ އެތަން މިތަނަށް ޓެރަރިސްޓް ހަމަލާތަކެއްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345