މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު ނެގުން އަންގާރަ ދުވަހު

ގުޅީފަޅު ބިން ހިއްކާ ނިންމާފައި -- ފޮޓޯ: އަވަސް
0%
0%
0%

ގުޅީފަޅުން ގޯތި ލިބޭ މީހުންނަށް ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ތަންތަން ކަނޑައަޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ އަންގާރަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މަލަމުގައި ކަމަށެވެ.

ގުރުއަތު ނެގުމުގެ ހުރިހާ ކަމެއްވެސް ހިނގަމުންދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ ގެޒެޓް ކޮށްފައިވާ ލިސްޓްގައި ހިމަނާފައިވާ ޖުމްލަ 3،520 ގޯތި ގުޅީފަޅުން ދޫކުރާއިރު ގުޅީފަޅުން ގޯތި ލިބޭ މީހުންގެ ހުރިހާ ކެޓަގަރީ ތަކެއްވެސް ލިސްޓުގައި ހިމަނާފައި ވާނެ ކަމަށާއި އަދި ގުރުއަތު ނެގުން ކުރިއަށްދާނީ ލިސްޓުގައިވާ ތަރުތީބުން ކަމަށެވެ.

ގުޅީފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:

  • 1250 އަކަފޫޓުގެ 669 ގޯތި
  • 1650 އަކަފޫޓުގެ 1234 ގޯތި
  • 2050 އަކަފޫޓުގެ 916 ގޯތި
  • 2450 އަކަފޫޓުގެ 473 ގޯތި
  • 2850 އަކަފޫޓުގެ 158 ގޯތި
  • 3250 އަކަފޫޓުގެ 49 ގޯތި
  • 3650 އަކަފޫޓުގެ 21 ގޯތި

ހައުސިން މިނިސްޓރީން ބުނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އައިސްފައިވާ ބަދަލާ ގުޅިގެން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައި ވާނެ ކަމަށެވެެ. އެހެންވެ މިހާތަނަށް ގުޅީފަޅުން ބިން ހަވާލުނުކުރެވިވާ ފަރާތްތަކާއި ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި މީހުންގެ ގޯތީގެ ގުރުއަތުލުންވެސް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑްގެ ކޮޕީ ގެންދަންވާނެ ކަމަށެވެ.

ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތު ނަގާ ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީއާއި ގޯތި ލިބޭ ފަރާތްތަކާއެކުގައިވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށްވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910