ވިޔަފާރި

ސިލޯނު ބޭންކުން އެޗްޑީއެފްސީއަށް 150 މިލިޔަން ރުފިޔާގެ ލޯނެއްދީފި

Mar 15, 2016

ގެދޮރު ޢިމާރާތް ކުރުމުގެ ދާއިރާއިން ލޯނު ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް ބޭންކް އޮފް ސިލޯނުން 150 މިލިއަން ރުފިޔާގެ ލޯނެއް ދޭން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން އެޗްޑީއެފްސީން ބުނީ މި ލޯނުން މާލެ އާއި ހުޅުމާލޭގައި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު ގަތުމަށް ފައިސާ ދޫކުރެވޭނެ ލޯނެއް ކަމަށާއި ލޯ ދީފައި ވަނީ އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު، ހަތް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ.