ޕްރަވެޓައިޒޭޝަން

ތިން ކުންފުންޏެއްގެ މާލީ ހިސާބުތަކާ ދޭތެރޭ ސުވާލު އުފައްދައިފި

ކުންފުނިތަކުގެ އިސްވެރިން ބައްދަލުވުމެއްގައި
0%
0%
0%

ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުގެ ސައްހަ ކަމާ ދޭތެރޭ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އެނުއަލް ފައިނޭންޝަލް ރިވިއުގައި ސުވާލު އުފައްދައިފި އެވެ.

ކުންފުނިތައް ރެގިއުލޭޓް ކުރާ ފަރާތުގެ ހައިސިއްޔަތުން ޕީސީބީ އިން ސުވާލު އުފެއްދީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)ގެ އިތުރުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މާލީ ހިސާބުތަކާ މެދު އެވެ.

މި ކުންފުނީގެ އޮޑިޓް ހަދާފައިވާ ރާއްޖޭގައި މަޝްހޫރު އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސް އެވެ.

މާލީ ހިސާބުތަކުގައި މައްސަލަ އުޅޭ އިތުރު ކުންފުނިތަކެއްވެސް ޕީސީބީ އިން ފާހަގަކޮށްފައިވެ އެވެ. މީގެތެރޭގައި ފެނަކަ، އެމްއެމްޕީއާރްސީ، ފަހި ދިރިއުޅުން ކޯޕަރޭޝަން، ސްޓެލްކޯ، އާރްޑީސީ އަދި އެމްޓީޑީސީ ހިމެނެ އެވެ.

މީގެއިތުރުން ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި -- ޕީއެސްއެމްއާއި ފެނަކައިގައި ހުރި މާލީ ބޮޑެތި މައްސަލަތަކާ ގުޅިގެން އެ ކުންފުނިތައް އޮޑިޓް ކުރި ފަރާތުން ވަނީ އޮޕީނިއަންއެއް ނުދޭން ނިންމާފަ އެވެ.

ކުންފުނިތައް އޮޑިޓް ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލީ ހިސާބުތައް ދިނުމުގައި ބައެއް ކުންފުނިތަކުން ހިފެހެއްޓުންތަކެއް ގެންގުޅުމެވެ.

ސަރުކާރު ހިއްސާ 30 ކުންފުނީގެ ތެރެއިން ފައިދާ ލިބުނީ އެންމެ 14 ކުންފުންޏަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345