އީރާންގެ އަސްކަރީ ބަޖެޓް އަންނަ އަހަރަށް ލަފާކުރާ އަދަދު ތިންގުނަ ބޮޑުކުރަނީ އެވެ. ނަމަވެސް، އީރާނުން އަދި ވަކި އަދަދެއް އާންމެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުން ހުށަހަޅާ އަދަދު، ގާނޫންހަދާ މަޖިލީހުގައި ބަހުސްކުރުމަށް ފަހު އަންނަ އަހަރު މާޗުގެ ކުރިން ވަކި ގޮތަކަށް ނިންނާމެ އެވެ. ބޮޑަށް ބެލެވެނީ ސަރުކާޜުން ހުށަހަޅާ ގޮތަށް ބަޖެޓް ފާސްކުރާނެ ކަމަށެވެ.
އީރާންގެ އަސްކަރީ ބަޖެޓް ބޮޑުކުރަން މަޝްވަރާކުރަމުން ދާއިރު، އީރާންގެ އެންމެ ބޮޑު ދުޝްމަން -- އިޒުރޭލުން ވަނީ ލައެއްޗެއް ނޭޅުމަށް ގޮވާލައި އީރާނަށް އިންޒާރުދީފަ އެވެ.
އިޒުރޭލުން ބުނާ ޅައެއްޗަކީ، އިޒުރޭލަށް އަސްކަރީ ގޮތުން ހަމަލާދިނުމެވެ. ނުވަތަ އިޒުރޭލުގެ ޝައުގުވެރިކަމަކަށް ހަތިޔާރު ބޭނުންކޮށްގެން އަރައިގަތުމެވެ،
އީރާންގެ އަސްކަރީ ބަޖެޓް ބޮޑުކުރުމުގެ ފަހަތުގައި، އީޒުރޭލާ ތޮޅުން ވެސް ހިމެ އެވެ. އަދި މެދުއިރުމަތީގައި އީރާނުން ހިންގާ ޕްރޮކްސީ ހަނގުރާމަވެރިންނަށް އިނާޔަތް ދިނުން ވެސް ހިމެނެ އެވެ.
އީރާން ސަރުކާރުގެ ތަރުޖަމާން ފާތިމާ މޮހާޖިރާނީ ވިދާޅުވި ގޮތުން އަސްކަރީ ބަޖެޓު 200 ޕަސެންޓަށް ވުރެ ބޮޑުކުރަން މަސައްކަތްކުރާ ވާހަކަ އަކީ ތެދެކެ އެވެ. އެއީ ދުޝްމަނުންެ ކިބައިން އީރާން އާންމު ރައްޔިތުން ހިމާޔަތްކުރަން ކުރެވޭ ވަރަށް ބޮޑު ހޭދައެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ އަސްކަރީ ބަޖެޓާ ބެހޭ ގޮތުން ސާފު މައުލޫމާތެއް އާންމުންނަކަށް ނުދެ އެވެ. ލީކުވެފައި ހުރި މައުލޫމާތުން އެނގޭ ގޮތުން 2023 ގައި އީރާނުން 10.30 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކުރި އެވެ.
މި އަދަދު ތިން ގުނަ ކޮށްފި ނަަމަ އީރާންގެ އަސްކަރީ ބަޖެޓް 30 ބިލިއަން ފަހަނައަޅައި ދާނެ އެވެ. މިއީ އެމެރިކާ އާއި ބައިވެރިން އިގުތިސާދީ ގޮތުން ދަތިކޮށްފައި އޮތް ގައުމަކަށް ވަރަށް ބޮޑު އަދަދަކަށް ވާނެ އެވެ.
އީރާން އާއި އިޒުރޭލު -- އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދޭން ފަށާފައި ވާއިރު، މެދުއިރުމަތި ނާމާން ތަނަކަށް ހަދަނީ އިޒުރޭލު ކަމަށް އދގައި ހުންނަވާ އީރާންގެ ސަފީރު ވިދާޅުވި އެވެ.
އިޒުރޭލުގެ ސަފީރު ވިދާޅުވި ގޮތުން މެދުއިރުމަތީގައި ހުރިހާ ގޯހެއް ހަދަނީ އީރާން އަޑީގައި އޮވެގެންނެވެ.