ރައީސް އަބްދުﷲ ޔާމީން

މި ފަސް އަހަރު ނިމޭއިރު ޔޫތު ސިޓީގައި 13،000 ފްލެޓް އެޅޭނެ: ރައީސް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ނިމޭއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގައި 13،000 ފުލެޓް އެޅިގެންދާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އދ. މާމިގިލި ފެނުގެ ނިޒާމް އިފްތިތާހް ކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ

ރައީސް ވިދާޅުވީ އެ ފޭސްގައި ފްލެޓްތައް އަޅަން އެތައް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްތައް ހުށަހަޅާފައި ހުރީ ބޭރުގެ ކުންފުނިތަކުން ކަން ރައީސް ފާހަގަކުރެއްވި އެވެ.

"މި ޕްރޮޕޯސަލްތަކަށް ބަލާއިރު ރައްޔިތުންނަށް ރައްޔިތުންނަށް އެންމެ ފަސޭހައިން ފައިސާ ދެއްކި ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ފްލެޓްތައް ދެވޭނެ ފެންވަރެއްގެ ޕްރޮޕޯސަލްތަކެއް. މިހެންވެ ބޭރުގެ ޕްރޮޕޯސަލްތަކަށް އިހުތިރާމް ކުރަންވީ" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގައި މިހާރުވެސް ތަރައްގީގެ ގިނަ ބިޔަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކަމަށާއި އަދި އޭގެ ގިނަ ޕްރޮޖެކްޓްތައް ހިންގަނީ ބޭރުގެ ކުންފުނިތަކުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ދަށުން ރާއްޖޭގެ އިގްތިސާދަށް އެތައް ކުރިއެރުމެއް ލިބެމުން އަންނަ ކަމަށާއި އެމަނިކުފާނުގެ ފުރަތަމަ ދައުރުގެ ފަސް އަހަރު ނިމޭއިރު ބޮލަކަށް ޖެހޭ އާމްދަނީ ފަސް ހާސް ޑޮލަރުން 12،000 ޑޮލަރަށް އިތުރު ކުރާނެ ކަމަށެވެ.

ނަމަވެސް އެކަން ކުރެވޭނީ ފަތުރުވެރިކަމަށް ފަޅު ރަށްތަކާއި ފަޅުތައް ދޫކޮށްގެން ކަމަށެވެ. އަދި މިފަޅުތަކާއި ރަށްތައް ތަރައްގީ ކޮށް ނިމޭއިރު އެއާޕޯޓުވެސް ތަރައްގީކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިރަށްތަކާިއ ފަޅުތައް މި ދޫކުރަނީ ސަރުކާރަށް ޕްރޮފިޓެއް ނަގާފައި. މިހާރު ވާނެ 70 ވަރަަކަށް ޓޫރިޒަމް ޕްރޮޕަޓީ ދޫކޮށްފަ. މިތަންތަން ތަރައްގީ ކޮށް ނިމޭއިރު 17،000 އެއްހާ ވަޒީފާ އުފެދޭނެ. އެހެން ވީމަ ކުރިއަށް މިއޮތް ދެއަހަރު ބައިގެ ތެރޭގައި އެއާޕޯޓް ތަރައްގީ ކުރަން ޖެހޭނެ. މިދައުރު ނިމޭއިރު އެއާޕޯޓުން ދަތުރުކުރާ މީހުންގެ އަދަދު އަހަރަކު ހަ މިލިއަނަށް ހެދުމަކ ސރުކާރުގެ އަމާޒެއް"