ރައީސް އަބްދުﷲ ޔާމީން

ރައީސް މާލެ ވަޑައިގެންފި

Mar 16, 2016

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އދ. މާމިގިއްޔަށް ‏ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، މާމިގިލީގައި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވިއެވެ. ރައީސްގެ މިދަތުރުފުޅުގައި މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ތޯރިގު އިބްރާހިމްއާއި، ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުއްﷲ ބައިވެރިވެވަޑައިގެންނެވިއެވެ.