ރައީސް އޮފީސް

ކުއްލި ހާލަތުގެ އިންތިޒާމުތަކާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

0%
0%
0%

ދިވެހި ސަރުކާރާއި ރާއްޖޭގައި އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން ރާއްޖޭގައި ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން އިންތިޒާމުތައް ފުޅާކުރުމާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އާއި މިއަދު މާލޭގައެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ގައުމީ ފެންވަރުގައި ކަންބޮޑުވާ ވަރުގެ ބޮޑެތި ހާދިސާތައް، މިސާލަކަށް ބޮޑު ކާރިސާއެއް ނުވަތަ ޓެރަރިޒަމްގެ ހާދިސާއެއްގެ ހާލަތުގައި ސަރުކާރުގެ އެކިއެކި ގުނަންތަކުގެ މެދުގައި އޮތް ގުޅުމާއި މުވާސަލާތު ކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް އަމާޒުކޮށް އެކިއެކި އެޖެންސީތަކުގެ މެދުގައި ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ބަދަހިކުރުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ 13 މިނިސްޓަރީއަކާއި އެޖެންސީއަކުން ބައިވެރިވި އެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިޔައީ ކާމާބެހޭ އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910