ރާއްޖެ ކުޅިވަރު

އޮލިމްޕިކް ކޮމިޓީގެ އަހަރީ ޖަލްސާ މި މަހުގެ 28ގައި

Mar 17, 2016

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ހޮޓެލް ޖެންގައި ބާއްވާ މި ޖަލްސާގައި މައިގަނޑު ކަމަކަށް އޮންނާނީ މިދިޔަ އަހަރުގެ ރިޕޯޓް ފާސްކުރުމާއި މި އަހަރުގެ ބަޖެޓް ފާސްކުރުމެވެ.

މިދިޔަ އަހަރު އެމްއޯސީން ވަނީ އޮލިމްޕިކް ހައުސް އަޅަން ނިންމައި 57 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ނަމަވެސް އެކަން އަދި ފަށާފައިނުވެ އެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ ޖަލްސާ މި ބާއްވަނީ ގިނަ އެސޯސިއޭޝަންތަކެއްގެ އިންތިހާބީ ކޮންގްރެސްގައި މައްސަލަޖެހި، ބޮޑެތި މައްސަލަތަކެއް ފެންމަތިވަމުންދާ ދުވަސްވަރެއްގަ އެވެ.