ޔޫރަޕްގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެމެރިކާއަށް ބުރަ ބޮޑު ކަމަކަށް ނުހައްދަވާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް، އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.
މެކްރޮން އަދި ވިދާޅުވީ ޔޫރަޕްގެ ރައްކާތެރިކަން ބަލަހައްޓައިދިނުމަށް އެދި -- ޔޫރަޕްގެ އެއްވެސް ލީޑަރަކު ތާއަބަދު އެމެރިކާގެ ކިބައިން އެދިވަޑައި ނުގަންނަވާނެ ކަމަށެވެ.
ޔޫރަޕްގެ ރައްކާތެރިކަން ދެމެހެއްޓެމަކީ އެމެރިކާއަށް އޮތް ވާޖިބެއް ކަމަށް ޔޫރަޕުން ދެކިގެން ނުވާނެ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.
ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި، ބުރާފަސްތި ދުވަހު އޮތް ޔޫރަޕިއަން ޕޮލިޓިކަލް ކޮމިއުނިޓީގެ ފަސްވަނަ ސަމިޓްގައި، ޔޫރަޕްގެ ލީޑަރުންނާ މުޚާތަބުކުރައްވައި މެކްރޮން ވިދާޅުވި ގޮތުން ޔޫރަޕްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނޭޓޯއަށް އޮތް ވާޖިބެކެވެ.
ޔޫރަޕްގެ ރައްކާތެރިކަން އޮތް މިންވަރާއި ދަރަޖަ އަންދާޒާކޮށް ފައުޖުތައް ރުކުރުވާލުމަކީ ނޭޓޯގެ ޒިންމާއަކަށް ހަދަންޖެހޭ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.
ނޭޓޯ ބާރުވެރިކުރުމާއި ނޭޓޯ ހިންގުމަކީ ޔޫރަޕަށް އޮތް ޒިންމާއެއް ކަމަށް ދެކެން ޖެހޭ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ. ނޭޓޯ އަކީ އެމެރިކާއާ ބެހޭ އަދި އެމެރިކާއާ ބައްސައިގެން ވާނެ އަސާސީ ބާރެއް ނޫން ކަމަށް ފަރަންސޭސި ރައީސް ވިދާޅުވި އެވެ.
އަސްކަރީ ސިނާއަތުގައި ޔޫރަޕަކީ ބަދަ ބާރެއްކަން ދުނިޔެއަށް ހާމަކުރަން ޖެހޭ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ. ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޔޫރަޕް ތަންކޮޅެއް ބޮޑަށް ނުކުންނަން ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ބަދަލުވުމަކީ ޔޫރަޕަށް އޮތް ބިރަކަށް ވެގެން ނުވާނެ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ. އެމެރިކާއަށް ބަރޯސާކުރުމުގެ ބަދަލުގައި ޔޫރަޕްގެ ބޭނުންތައް ފުއްދުމަށް ޔޫރަޕުގެ ތެރެއިން ހައްލުހޯދުމަށް ވެސް މެކްރޮން ގޮވާލެއްވި އެވެ.
ޔޫރަޕްގެ ޝައުގުވެރިކަން ދެމެހެއްޓުަމަށް އެމެރިކާއަށް ކަމުކިޔުމަކީ މިއަދު ޔޫރަޕަށް ޖެހިފައި އޮތް ހާލަތު ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔޫރަޕަކީ ތާރީޚީ ގޮތުން ވެސް އިތުރު ބަޔަކަށް ކަމުނުކިޔައި ޒަރޫރަތްތައް ފުއްދޭ ވަރުގެ ގާބިލު ބައެއް ކަމަށެވެ.