މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

މަސްވެރިކަމާ ގުޅޭ މާސްޓަޕްލޭނެއް އެކުލަވާލަނީ

ފިޝަރީޒް މިނިސްޓްރީގެ އިސްވެރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: އަވަސް
0%
0%
0%

މަސްވެރިކަމާ ގުޅޭ މާސްޓަޕްލޭނެއް އެކުލަވާލުމަށް ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މި ޕްލޭން އެކުލަވާލަނީ ކުރިއަށް އޮތް 25 އަހަރަށް އަމާޒުކޮށްގެންނެވެ.

ރާއްޖޭގެ އިގުތިސާދުގެ ދެވަނަ ސިނާއަތުގެ ގޮތުގައި އޮތް މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްގީކޮށް ސިންދަފާތުކޮށް ކުރިއަރުވާ ތަރައްގީކުރުމަށް ބޭނުންވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަން ރާވާފައިވާ ކަންކަމަކީ އިސްތިރާޖީ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ ކަންތައްތަކަށް ހަދަންޖެހޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެކުލަވާލާ ޕްލޭނުގައި މަސްވެރިކަމުގެ ދާއިރާ އިން ހާސިލްކުރަން ބޭނުންވާ ކަންކަމާއި ތަސައްވުރާއި އަމާޒުތަކެއް ކަނޑައަޅާނެ ކަމަށެވެ. އަދި ކަނޑުތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގުތިސާދީ ފައިދާ އިތުރުކުރެވޭނެ ލަނޑުދަނޑިތަކެއް އެކަށައަޅައި އެކަންކަން ހާސިލްކުރުމަށް ކަންތައްތައް ކުރާނެ ގޮތްތައް ޕްލޭންގައި ހިމަނާނެ ކަމަށެވެ.

މަސްވެރިކަމާ ގުޅޭ މާސްޓަޕްލޭން އެކުލަވާލުމަށް ވޯލްޑް ބޭންކުން ވަނީ މާލީ އެހީތެރިކަން ދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910