ބޭރު ކުޅިވަރު

ޓާޓާ މާޓީނޯ އިންޓަ މިއާމީގެ ކޯޗުކަމުން އިސްތިއުފާ ދީފި

އަމިއްލަ ސަބަބުތަކާ ހުރެ މެސީގެ އިންޓަ މިއާމީގެ ކޯޗުކަމުން ޓާޓާ މާޓީނޯ އިސްތިއުފާ ދީފި އެވެ.

ކޮންޓްރެކްޓަރުގައި އަދި އެއް އަހަރު ބާކީ އޮއްވާ މާޓީނޯ އިސްތިއުފާ ދިނުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

މިދިޔަ އަހަރު އިންޓަ މިއާމީގެ ކޯޗުކަމާ ހަވާލުވި މާޓީނޯ ވަނީ އެ ޓީމަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.

އޭނާގެ އެންމެ ބޮޑު އެއް ކާމިޔާބަކީ މިއާމީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫއެސް އޯޕަން ކަޕް ކާމިޔާބުކޮށްދިނުމެވެ.

މީގެއިތުރުން އޭނާގެ އިރުޝާދުގެ ދަށުން މިއާމީ އިން ނިމިދިޔަ ސީޒަންގައި އެމްއެލްއެސް ސަޕޯޓާސް ޝީލްޑްވެސް ކާމިޔާބުކޮށްފައިވެ އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ކަމުގައިވެސް ހުރި މާޓީނޯ ވަނީ އިންޓަ މިއާމީ އަށް އައިފަހުން ބާސެލޯނާގެ ކުރީގެ ކުޅުންތެރިން އެޓީމަށް ގެނެސް ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. މީގެތެރޭގައި މެސީއާއި، ބުސްކެޓް، ޑޭވިޑް އަލަބާގެ އިތުރުން ސުއާރެޒް ވެސް ހިމެނެ އެވެ.

އެހެންނަމަވެސް މިދިޔަ ހަފްތާގައި އިންޓަ މިއާމީ ވަނީ އެމްއެލްއެސްގެ ނޮކްއައުޓް މަރުހަލާގެ ފުރަތަމަ ރައުންޑުން ކަޓާފަ އެވެ. މިއީ އެ ޓީމަށް ލިބުނު ބޮޑު ލަދުވެތި ކަމެކެވެ.

މާޓީނޯ މަގާމުން އިސްތިއުފާދީފައިވާއިރު އިންޓަ މިއާމީ އަށް ވަނީ 2024 ވަނަ އަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިފަ އެވެ. އެހެންކަމުން އައު ކޯޗަކު ހޯދުމަކީ މިހާރު ޓީމަށް ކުރިމަތިވެފައިވާ އެންމެ މުހިއްމު އެއް ކަންތަކެވެ.