ޑިފެންސް މިނިސްޓްރީ

ޕާކިސްތާނާ އެކު ސަލާމަތީ ކަންކަމުގައި މަޝްވަރާކޮށްފި

0%
0%
0%

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ސައީދު އާސިިމް މުނީރު އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ގެންދިޔައީ ޕާކިސްތާންގެ ކަރާޗީގައި ކުރިއަށް ގެންދާ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނާސް (އައިޑިއާސް 2024)ގެ ހަވާސާ ގައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިބައްދަލުކުރެއްވުމުގައި ޕާކިސްތާނާ އެކު އަސްކަރީ ގުޅުން ވަރުގަދަކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އައިޑިއާސްގައި މިއަހަރު 55 ގައުމަކުން ބައިވެރިވެ އެވެ. މީގެތެރޭގައި އެމެރިކާ، ޗައިނާ އަދި ރަޝިއާ ވެސް ހިމެނެ އެވެ.

އައިޑިއާސް އަކީ ޕާކިސްތާންގެ ކުރީގެ ރައީސް ޖެނަރަލް ޕަރްވޭޒް މުޝައްރަފުގެ ވެރިކަމުން ފެށިގެން ބާއްވަމުންދާ ސެމިނާ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345