ވިޔަފާރި

ޖީއެސްޓީ ނުދައްކާ ސަތޭކައަށްވުރެ ގިނަ ފަރާތުގެ ނަން އާއްމުކޮށްފި

Mar 19, 2016
  • ޖީއެސްޓީ ނުދައްކާ 106 ފަރާތް
  • ޓޫރިޒަމް ދާއިރާގެ ތިން ކުންފުނި
  • ނަން ހާމަ ކުރީ އެއްވެސް މައުލޫމާތެއް ނުލިބުމުން

މިދިޔަ އަހަރުގެ ފަހު ހަތަރު މަސް ދުވަހު، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުދައްކާ ސަތޭކައަށްވުރެ ގިނަ ފަރާތުގެ ނަން ޓެކްސް އިދާރާ އިން އާއްމުކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޖީއެސްޓީ ނުދައްކާ 106 ފަރާތެއް ލިސްޓުގައި ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ތިން ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 103 ފަރާތެވެ.

މީރާއިން ބުނި ގޮތުގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.