ދުނިޔެ

ފްލައިދުބާއީގެ ބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

ދުބާއީން ފުރައިގެން ރަޝިއާ ދަތުރުކުރަމުންދިޔަ ފްލައި ދުބާއީގެ މަތިންދާ ބޯޓެއް ވެއްޓި، ބޯޓުގައި ތިބި އެންމެން މަރުވެއްޖެ އެވެ. އެ ބޯޓު ވެއްޓިފައިވަނީ ރަޝިއާ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.

ހަބަރުތައް ބުނާގޮތުގައި، ފްލައިދުބާއީގެ ބޯއިން 738-800 ގެ ބޯޓުގައި 55 ޕަސިންޖަރުންނާއި ހަ ކްރޫން ދަތުރުކުރި އެވެ. އަދި ބޯޓު ވެއްޓުނީ ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ނެއްޓިގެން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އޮފިޝަލުން ލަފާކޮށްފައިވާ ގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ ވައިގަދަވެ، ދުރު ނުފެނުމުގެ ސަބަބުންނެވެ. ބޯޓު ވެއްޓުނު ވަގުތު، ބޯޓު ތެރޭގައި އެއްޗެއް ގޮވާ އަލިފާން ވެސް ރޯވި ކަމަށްވެ އެވެ.

ބޯޓު ވެއްޓުނު ސަރަހައްދުގައި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވަމުންދާއިރު ބޯޓުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފަ އެވެ. އެ ބޯޓު ވެއްޓުމާ ގުޅިގެން ރަޝިއާގެ އެއާޕޯޓަށް ޖައްސަަން ދިޔަ ބޯޓުތައް ވަނީ ޑައިވާޓްކޮށްފަ އެވެ.

ފްލައިދުބާއީ އިން ބުނެފައިވަނީ، ބޯޓު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.