ދުނިޔެ

ތުރުކީގައި އަނެއްކާވެސް ބޮމުގެ ހަމަލާއެއް ދީފި

ތުރުކީގެ ވެރިރަށް އިސްތަންބޫލަށް އަނެއްކާވެސް ބޮމުގެ ހަމަލާއެއްދީފި އެވެ. މި ހަމަލާދީފައިވަނީ އިސްތަންބޫލުގެ ބާޒާރުމަތީ ސަރަހައްދުގަ އެވެ.

ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހަމަލާގެ ސަބަބުން ދެ މީހުން ވަނީ މަރުވެފަ އެވެ. އަދި ޒަހަމްވި 10 ވަރަކަށް މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

ބޮން ގޮއްވާލި ސަރައްދުގައި އެންބިއުލާންސްތަކާއި ހެލިކަޕްޓަރުތަކުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތުރުކީގެ ގައުމީ ޓީވީން ބުނެފައިވަނީ، މަރުވި އަދި ޒަހަމްވި މީހުންގެ އަދަދު ޔަގީންނުވާ ކަމަށާއި ނަމަވެސް ދެ މީހުން މަރުވެފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

މީގެ ފަސް ދުވަސް ކުރިން ވެސް ތުރުކީގެ ވެރިރަށް އަންކާރާގައި ބޮމެއް ގޮއްވާލާ 34 މީހުން މަރާލާފައިވެ އެވެ. އަދި މިދިޔަ މަހުވެސް އަންކާރާގައި ވަނީ ބޮމުގެ ހަމަލާއެއްދީ 28 މީހުން މަރާލާފަ އެވެ.