ސްޓެލްކޯ

ޖޫރިމަނާ ނުލައި ކަރަންޓް ބިލްތައް ދެއްކޭނީ މިމަހުގެ ނިޔަލަށް: ސްޓެލްކޯ

އެސްޓީއޯގެ ބިޒްނަސް ސެންޓަރު -- ފޮޓޯ: އަވަސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓް ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް، ޖޫރިމަނާއާއި ނުލައި ފައިސާ ދެއްކޭނެ އިންތިޒާމު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ސްޓެލްކޯ އިން ހަނދާންކޮށްދީފި އެވެ.

ކަރަންޓް ބިލް ނުދައްކާ ހުރުމުން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ ފައިސާ މައާފްކޮށް، ޖޫރިމަނާއާ ނުލައި ފައިސާ ދެއްކޭނެ ފުރުސަތު ސަރުކާރުން ހަމަޖައްސައިދިނީ މިއަހަރުގެ އޭޕްރީލް އެއްވަނަ ދުވަހު އެވެ.

ކަރަންޓް ބިލްގެ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަށް ނިންމާފައިވަނީ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުރި ކަރަންޓް ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލްތަކަށެވެ.

މައާފްކޮށްދޭން ނިންމާފައިވަނީ އެ މުއްދަތުގެ ނިޔަލަށް ހަދާފައިވާ ބިލްތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލްތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުން އެ މުއްދަތުގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ ފައިސާ އެވެ.

ސްޓެލްކޯ އިން ބުނީ މިހިނގާ ޑިސެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާއާއި ނުލައި ބާކީ އަދަދު ދެއްކޭނެ ގޮތަށް ބިލްތަކަށް ވަގުތީގޮތުން އެޖަސްމެންޓެއް ގެނެސްފައިވާ ކަމަށެވެ. މިމަހުގެ ނިޔަލަށް ޔޫސޭޖް އަދަދު ނުވަތަ ޕްރިންސިޕަލް އަދަދު ދައްކާ ހަލާސްނުކުރެވޭނަމަ މި ބިލްތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަލުން ކުރިއަށް އޮތް ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ބިލްތަކުގައި ހިމަނާނެ ކަމަށްވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910