ސްޓެލްކޯ

ވިއްސާރައާއި ގުޅިގެން ސްޓެލްކޯގެ ހާއްސަ ޓާސްކްފޯހެއް

ސްޓެލްކޯގެ އިސްވެރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: އަވަސް
0%
0%
0%

ވިއްސާރައާއި ގުޅިގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސްޓެލްކޯގެ ތެރޭގައިވެސް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފަ އެވެ.

އެހެންވެ ސްޓެލްކޯ އިން ހާއްސަ ޓާސްކްފޯހެއް އެކުލަވާލީ ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ދުރާލައި ފިޔަވަޅުތަކެއް އެޅުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ މި ހާލަތުގައި އެންމެ އިސްކަމެއް ދޭނީ ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ދުިހމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

މީގެއިތުރުން އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގައިވެސް މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވިއްސާރައާއި ގުޅިގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެއް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އެކުލަވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910