ވިޔަފާރި

ދުނިޔޭގެ މަޝްހޫރު ޝެފެއް ރާއްޖޭގެ ކޮންރެޑް ރިސޯޓަށް

Mar 20, 2016

ދުނިޔޭގެ މަޝްހޫރު އެއް ޝެފުކަމަށްވާ މާކޯ އަމަރޯނީ ރާއްޖޭގެ ކޮންޑްރެޑް ރިސޯޓާ ގުޅިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "އައިސީޓީއެމް" ގައިވާ ގޮތުން ރާއްޖޭގެ ކޮންޑްރެޑް ރަންގަލި ރިސޯޓާ ގުޅުނު މާކޯއަކީ އިޓަލީގައި އެންމެ މަޝްހޫރު އެއް ޝެފް ކަމަށެވެ. އެ ނޫހުގައިވާ ގޮތުން "މާކޯޕޯލޯ ގްރޫޕް" ރެސްޓޯރެންޓުގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތެރިވާ ސެލެބްރިޓީ މި ޝެފަކީ ތަފާތު ކެއުންތައް ތައްޔާރު ކުރުމަށް މަޝްހޫރު ހުނަރުވެރިއެއް ކަމަށެވެ.

ޝެފް މާކޯ އަމަރޯނީ ކޮންރެޑް ރިސޯޓާ ގުޅުމާ ގުޅިގެން ކޮންރެޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ލީން ލުއިސް ވިދާޅުވީ މާކޯ އެ ރިސޯޓާ ގުޅުމުގެ ސަބަބުން ޓޫރިސްޓުންނަށް ދޭ ކެއުންތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށެވެ.

ކޮންޑްރެޑް ރިސޯޓަކީ ރާއްޖޭގައި ހުރި އެންމެ ގިނަ ރެސްޓޯރެންޓްތައް ހުރި ރިސޯޓެވެ. މި ރިސޯޓުގައި 12 ރެސްޓޯރެންޓެއް ހުރެ އެވެ.