ލަ ލީގާ

އަމިއްލަ ދަނޑުގައި ބާސާ ބަލިވެއްޖެ

ބާސެލޯނާ އަދި ލެގަނޭސް ކުޅުނު މެޗުގެ ތެރެއިން
0%
0%
0%

ސްޕޭންގެ ލަ ލީގާގައި ބާސެލޯނާ އެންމެފަހުން ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗުގައި އެޓީމުން ޕޮއިންޓް ގެއްލުވާލައިފި އެވެ.

އެގޮތުން އެންމެ ފަހުން ބާސާ ކުޅުނު މެޗުގައި ލެގަނޭސްއާ ދެކޮޅަށް ކުޅެ، މޮންޖުއިކް އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން 1-0 އިން ބަލިވި އެވެ.

މެޗުގެ ފެށުމާއެކު ލެގަނޭސްއިން ލިބުނު ފުރުސަތެއްގައި މުނިރު އަލް-ހައްދާދީގެ ވަރުގަދަ ޝޮޓެއް ބާސެލޯނާގެ ގޯލްކީޕަރު އިނާކީ ޕެނާ ހުއްޓުވި އެވެ. ނަމަވެސް އޭގެ ފަހުން ލިބުނު ކޯނަ ކިކުން ލެގަނޭސްގެ ކެޕްޓަން ސާޖިއޯ ގޮންޒާލެޒް ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. މިގޮތުން މެޗު ފެށިގެން 5 މިނެޓް ނުވަނީސް ލެގަނޭސްއިން ލީޑު ނެގިއެވެ.

މެޗުގެ ކުރިއަށް އޮތް ބައިގައި ބާސެލޯނާ އިން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެ ފުރުސަތުތައް ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ފެއިލްވި އެވެ. މިއީ ވަކިން ހާއްސަކޮށް ރެލިގޭޝަން ޒޯންގައި އުޅޭ ޓީމަކާ ދެކޮޅަށް ގޭގައި ކުޅެ ބަލިވި ދެވަނަ މެޗެވެ.

މި ނަތީޖާއާ ގުޅިގެން ބާސެލޯނާ އާއި އެޓްލެޓިކޯ މެޑްރިޑް ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފަ އެވެ. އަދި ކުރިއަށް އޮތް ހަފްތާގައި މި ދެ ޓީމު ލީގުގައި ބައްދަލުކުރާނެ އެވެ. އެ މެޗަކީ ވަރަށް މުހިއްމު މެޗަކަށް ވެގެންދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910