ވިޔަފާރި

ރާއްޖޭގައި ކޮކާކޯލާގެ އާ ކެމްޕެއިން ތައާރަފު ކޮށްފި

Mar 20, 2016

ދުނިޔޭގެ އެންމެ މަޝްހޫރު ބުއިން ކަމަށްވާ ކޮކާކޯލާގެ އާ ކެމްޕެއިން ރާއްޖޭގައި މިއަދު ލޯންޗް ކޮށްފި އެވެ.

"ސޯލްޓް ކެފޭ" ގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ރާއްޖޭގައި ފެށި ކޯކްގެ އާ ކެމްޕެއިން ފައްޓަވަައި ދެއްވަމުން ކޮކާކޯލާގެ ޖެނެރަލް މެނޭޖަރު މިލިންޑް ދެނެސާރީ ވިދާޅުވީ މި ކެމްޕޭނުގެ ދަށުން ރާއްޖޭގައިވެސް ގިނަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށެވެ.

"ކޮކާކޯލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ކެމްޕޭންތަކެއް މިދަނީ ގެންދަމުން. މިގޮތުން ގެންދާ ކެމްޕޭންތަނަށް ގެނެސްފައިވާ ބަދަލު ރާއްޖެއިން މި ފަހަރު ފެނިގެންދާނެ،" ދެނެސާރީ ވިދާޅުވި އެވެ.

"ޓޭސްޓް ދަ ފީލިން" ގެ ނަމުގައި މި ކެމްޕޭންގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހު ކޮކާކޯލާއިން އަލަށް ފެށި ކެމްޕޭންތަކުގެ ދަށުން ޓީވީ އިޝްތިހާރުތަކާއި ކެމްޕޭން ފޮޓޯއަށް އަދި އެހެނިގެން ގޮތް ގޮތުން ކުރިއަށް ގެންދާ ކެމްޕޭންތަކުން ބަދަލު ފެންނާނެ ކަމަށެވެ.

ކޮކާކޯ އިން ގިނަ ރަހަތަކެއްގެ އުފައްދަމުން ގެންދެ އެވެ. މީގެ ތެރޭގައި ޑައިޓް ކުރާ މީހުންނަށް ހާއްސަކޮށްގެން ތައާރަފު ކޮށްފައިވާ "ޑައިޓް ކޯލާ" ވެސް ހިމެނެ އެވެ.