މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

އާރްއެސްޑަބްލިއު ފެސިލިޓީ ލޯނަށް އަލުން ހުޅުވާލަނީ

ކަންނެލި މަސްވެރިކަން ކުރާ އުޅަނދެއް -- ފޮޓޯ: އަވަސް
0%
0%
0%

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނު ފެސިލިޓީއަށް އަލުން ހުޅުވާލުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

އެގޮތުން މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެސްޑީއެފްސީ ޕޯޓަލް މެދުވެރިކޮށް އާރްއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.

މި މަޝްރޫއުގެ ދަށުން 700،000 ރުފިޔާ އިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ.

އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލާ ގަތުމަށް ހޭދަކުރާ އަގުގެ 35 ޕަސެންޓް އޮޑިވެރިން އަނބުރާ ދައްކާކަށް ނުޖެހޭނެ އެވެ.

މި ލޯނަށް ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

އިސްލާމީ ޝަރީއާ ހުއްދަ ކުރާ ހަމަތަކުގެ މަތިން ތަކެތި ގަތް އަގާއި އަގަށް ފައިދާގެ ގޮތުގައި ލާ މިންވަރު ކަނޑައަޅައިގެން ދޫކުރަން ނިންމާފައިވާ މި ލޯން ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910