މަސްވެރިކަން

އާރްއެސްޑަބްލިއު ފެސިލިޓީ ލޯނަށް އަލުން ހުޅުވާލައިފި

ދޯންޏަކުން މަސް ބާލަނީ -- ފޮޓޯ: އަވަސް
0%
0%
0%

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނު ފެސިލިޓީއަށް އަލުން ހުޅުވާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން 700،000 ރުފިޔާ އިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ލޯނަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ އެވެ.

މުރާބަހާ ފެސިލިޓީގެ ދަށުން އާރްއެސްޑަބްލިއު ނިޒާމާއި އެއަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ސޯލާ ޕީވީ ޕެނަލްތައް ގަނެވޭނެ އެވެ.

މި ސިސްޓަމް ގާއިމުކޮށް ނިމުމުން ގަނެފައިވާ ތަކެތީގެ އަގުގެ 35 ޕަސެންޓަށްވާ މިންވަރު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.

އިސްލާމީ ޝަރީއާ ހުއްދަ ކުރާ ހަމަތަކުގެ މަތިން ތަކެތި ގަތް އަގާއި އަގަށް ފައިދާގެ ގޮތުގައި ލާ މިންވަރު ކަނޑައަޅައިގެން ދޫކުރަން ނިންމާފައިވާ މި ލޯން ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910