ރަސްމާލެ

ރަސްމާލެ މަޝްރޫއުގެ ދުވެލި އަވަސްކުރަނީ

ރައީސް މުއިއްޒު (ކ)ގައި
0%
0%
0%

ސަރުކާރުން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރުތަަައް ގެނެސް، ރަސްމާލެ މަޝްރޫއުގެ މަސައްކަތުގެ ދުވެލި މިއަހަރުގެ ތެރޭގައި ދެތިންގުނައަށް ހަލުވިކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ގުޅިއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލެއް ލިބޭނެ މަޝްރޫއެވެ. އެގޮތުން އެމަޝްރޫއުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު އިތުރު ފަރާތްތަކާ ގުޅިގެން މަޝްރޫއު ފުޅާކޮށް، މަސައްކަތުގެ ދުވެލި، ދެތިންގުނައަށް ހަލުވިކުރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"މަޝްރޫއު ނިމިގެންދާއިރު މުޅި ރާއްޖެއަށް އަދި ރަސްމާލެ ހިމެނޭ ސަރަހައްދަށްވެސް ފައިދާތަކެއް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

މިއަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަށް ހައްދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ. މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދެއްގައި ކުރިއަށް ގެންދަން ވައުދުވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތައް އަމަލީ ގޮތުން ހިންގައިދޭނެ ފަރާތްތައް ހޯދުމަށް މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެގޮތުން އެކި ފަރާތްތަކާ މަސައްކަތްތައް ހަވާލު ކުރެވޭ ތަރުތީބުން މި އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ދާއިރާއިން އެއް އަހަރެއްގެ ތެރޭގައި އަމަލީ ގޮތުން އެންމެ ގިނަ މަޝްރޫއު ހިންގޭނެ އަހަރަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބިން ހިއްކައި، ޖާގަ އިތުރު ކުރެވިފައިވާ ރަށްތަކުގައިވެސް ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި މަޝްރޫއުތައް ހިނގަމުންދާނެ ކަމަށާއި، މާލެ ސަރަޙައްދުގެ މަޝްރޫއުތައްވެސް އިއުލާންކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345