ރަސްމާލެ

ރަސްމާލޭގައި 15،000 ހައުސިން ޔުނިޓް އަޅަން ހުށަހަޅައިފި

ފުށިދިއްގަރުފަޅު -- ރަސްމާލޭގައި 15،000 ހައުސިން ޔުނިޓް އިމާރާތްކުރަން ޗައިނާގެ ކުންފުންޏަކުން ހުށަހަޅައިފި އެވެ.

ހައުސިން ޔުނިޓްތައް އަޅަން ޝައުގުވެރިކަން ފާޅުކުރި ކުންފުންޏަކީ ހުޅުމާލޭގައި ހިޔާ ފްލެޓްތައް އިމާރާތްކުރި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވީ އެ ހައުސިން ޔުނިޓްތަކުގެ އަގާއި ކޮލިޓީއާ ގުޅޭ ގޮތުން މަޝްވަރާކުރަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށް ފުށިދިއްގަރުފަޅު -- ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެންނެވެ.

އެ މަޝްރޫއުގެ ދަށުން 1،150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު އެތަނުން ގޯއްޗާއި ފްލެޓް ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.