ރަސްމާލެ

ރަސްމާލެ މަޝްރޫއު: 81 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ ބިން ހިއްކަނީ
0%
0%
0%

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީ އިން ބުނީ އޭރިއާ ޑީ، އެފް، ޖީ އަދި އެލް ހިމެނޭ ސަރަހައްދުތަކުން މިހާތަނަށް 52.15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި، އޭރިއާ ޖޭގައި ހިމެނޭ 29 ހެކްޓަރުވެސް ހިއްކާ ނިންމާފައިވާ ކަމަށެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ޖުމުލަ 378 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު އިތުރު ސަރަހައްދުތައް ހިއްކުމުގެ ކުރިން އެތަންތަނުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. ނަމަވެސް މި މަސައްކަތް އިތުރަށް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރުތަކާއެކު މިއަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ދެތިންގުނަ އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

ރަސްމާލެ މަޝްރޫއުގެ މަސައްކަތް ނިމުމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910