އެމެރިކާ

އެމެރިކާއިން އިތުރު ސިފައިން އިރާގަށް ފޮނުވަނީ

އެމެރިކާއިން އިރާގަށް އިތުރަށް ސިފައިން ފޮނުވާނެ ކަމަށް ޕެންޓަގަން އިން އިއުލާންކޮށްފި އެވެ. ޕެންޓަގަން އިން މިކަން އިއުލާން ކޮށްފައިވަނީ އައިއެސް އިން ދިން ރޮކެޓް ހަމަލާއެއްގައި އެމެރިކާގެ މެރީން އޮފިސަރަކު މަރުވުމުންނެވެ.

އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން އިތުރު ކުރަން ނިންމި ނަމަވެސް އިތުރުކުރާ ސީދާ އަދަދު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕެންޓަގަން އިން ބުނެފައި ވަނީ މިއިީ އެމެރިކާ އާއި އިރާގާގު މިލިޓަރީ ކޯލިޝަން ބޭސްގެ ސަލާމަތީ ނިޒާމު ވަރުގަދަ ކުރަން ކުރާ ކަމެއް ކަމަށެވެ.

މަރުވި މެރީން އޮފިސަރަކީ އައިއެސް އާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގާ މަރުވި ދެވަނަ އޮފިސަރެވެ. ހޮނިހިރު ދުވަހު ދިން ހަމަލާތަކުގެ ސަބަބުން ގިނަ ސިފައިންނަސް އެކި ވަރު ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޕެންޓަގަން އިން ބުންޏެވެ.

އެމެރިކާގެ ނޫސް އޭޖެންސީ ތަކުން ރިޕޯޓު ކުރާގޮތުގަ އައިއެސްގެ ހަމަލާގެ ސަބަބުން ޕެންޓަގަން ވަނީ ސިފައިން ފޮނުވުން އަވަސް ކޮށްފައެވެ. އަދި މިލިޓަރީ ބޭސްތަކުގެ ސަލާމަތީ ނިޒާމު ވެސް ވަރުގަދަކޮށްފައިވެ އެވެ.