ޑރ. މުހައްމަދު މުއިއްޒު

"މަސައްކަތް މިކުރަނީ މަސްވެރިންގެ އުއްމީދުތައް ހާސިލްކޮށްދޭން"

ކޫއްޑޫގައި ތިބި މަސްވެރިންނާ ރައީސް ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މަސްވެރިންގެ އުއްމީދުތަކާ އެއްގޮތަށް ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގއ. ދެއްވަދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކުގެ ތެރެއިން ބޭރުން އަންނަ ލޮޅުންތަކުގެ ހިރާސް އެންމެ ކުޑަ ސިނާއަތް ކަމަށެވެ.

މަސްވެރިކަން ތަރައްގީކުރަން ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ އެއީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާދާރަށް ހެދިދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިއީ ދިވެހިންގެ އަމިއްލަ އަތް މަތީގައި އޮތް، ރައްޔިތުންގެ މުއްސަނދިކަން އިތުރުކޮށްދެވޭނޭ ސިނާއަތެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.

"މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުން މިދަނީ ދެނެގަނެ މަސްވެރިންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ކޫއްޑޫގައި ތިބި މަސްވެރިންނާ ރައީސް ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ސަރުކާރުން މަސައްކަތް ފަށާފައިވަނީ ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާއަތް ފުޅާކޮށް، އެ ސިނާއަތަށް މީހުން އިތުރުކުރުމަށް ކަމަށެވެ. މި ސަރުކާރުން މަސްވެރިންނާ ގުޅުންހުރި މަސައްކަތްތައް ބައްޓަންކުރަމުން ގެންދާނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައިގެން މަސްވެރިންގެ ޚިޔާލާ އެކުގައި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ ކޫއްޑޫއަށް ވަޑައިގެން އެތަނުގައި އެ ވަގުތު ތިބި މަސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910